ޑައިވިންގ ޖަގަހައިގެ ނަމުގައި ތޮއްޑޫގައި އެމްޑީޕީގެ ޖަގަހަ އެއް ހުޅުވައިފި

30 ޖެނުއަރީ 2010

picture-374

ޑައިވިންގ ޖަގަހައިގެ ނަމުގައި މެދު އުތުރު ޕްރޮވިންސްގެ އއ. ތޮއްޑޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުއްވައިދެއްވީ ހުކުރުދުވަހުގެރޭ އެމްޑީޕީގެ އާންމު ޖަލްސާއެއް ބޭއްވުމަށް ތޮއްޑޫއަށް ދިޔަ ވަފްދުގެ އިސްވެރިއަކަށް ވަޑައިގެންނެވި އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އެވެ.
މިޖަގަހަ ހުޅުއްވައިދެއްވަމުން ޒަކީ ދެއްކެވި ވާހަކަފުޅުގައި ތޮއްޑޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުން ރަމްޒުކޮށްދެނީ އެމްޑީޕީގެ ސަޕޯޓް ރަށްރަށުގައި އިތުރުވަމުންދާކަން ކަމުގައި ވިދާޅުވިއެވެ. އަދި ތޮއްޑޫއަކީ އެމަނިކުފާނަށް ވަރަށް ޚާއްސަ ރަށެއް ކަމުގައި ވިދާޅުވިއެވެ.