އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒްއާ ގުޅޭ ގޮތުން ދޮގު ޚަބަރު ޗެނަލް 13 އިން ބްރޯޑްކާސްޓްކޮށްފައިވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވާލުން

މިއަދު ޗެނަލް 13 ގެ ނިއުސް ރީލުގައި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ރޭގެ ވަގުތެއްގަ ހައްޔަރުކުރެވިފަވާ ކަމަށް ބުނެ ދޮގު ޚަބަރު ބްރޯޑްކާސްޓްކޮށްފައިވާތީ މިކަން ކުށްވެރިކޮށް، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިމައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ގޮވާލަމެވެ. އަދި މިއީ އެއްވެސް ހަޤީޤަތެއް ނެތް ތުހުމަތެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ހާމަކުރައްވާފައެވެ. މިފަދަ ޒިންމާދާރުކަންކުޑަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކޮށް، މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މިޕާޓީން ގޮވާލަމެވެ.
އަދި މިއީ ޕާޓީގެ އެތެރޭގެ އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް މިޕާޓީން ބޭރު ފަރާތްތައް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއްކަމަށް މިޕާޓީއިން ދެކެމެވެ.