ނޫސް ބަޔާން

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ތާރީޚް ފަސްކުރުން

އެމްޑީޕީގެ ދާއިރާތަކުން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ގިނަ އަދަދެއްގެ މެންބަރުންގެ އެދިވަޑައިގަތުމުގެ މަތިން 30 ސެޕްޓެމްބަރ 2019ވާ ހޯމަ ދުވަހުގެ 14:00 އަށް އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ. މިއިންތިޚާބުގައި ވާދަކުރެވޭނީ އަދި ވޯޓުލެވޭނީ 26 ސެޕްޓެމްބަރއާ ހަމައަށް އެމްޑީޕީ މެމްބަރޝިޕް ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ތައްޔާރުވުމުގެ ގޮތުން މިޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަކީ މިޕާޓީން އިންތިޚާބުތަކާ ގުޅިގެން ހިންގާ ކެމްޕޭން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާނެ ކެމްޕޭން ޓީމްތައް އެކުލަވާލައި، ކެމްޕޭންގެ މަސައްކަތްތައް ފެށުމަށް މުހިއްމު ކަމެއް ކަމުގައި ފާހަގަކުރަމެވެ.