މ. އިރާކުމާގެ އާދަމް މޫސާ ނިޔާވުމުގެ ހިތާމާގައި އެމް.ޑީ.ޕީ ބައިވެރިވުން

ދިވެހިރާއްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިސް ޙަރަކާތްތެރިއެއްކަމަށްވާ މ. އިރާކުމާގެ އާދަމް މޫސާ (ކޮމާންޑަރު) ނިޔާވުމުގެ ހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ބައިވެރިވަމެވެ.

އަލްމަރްހޫމް އާދަމް މޫސާ ނިޔާވެފައިވަނީ އިންޑިއާގެ ޓްރެވެންޑްރަމްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ފަތިހެވެ. އަލްމަރްހޫމް އާދަމް މޫސާއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ރާއްޖޭގައި ހިންގި އިޞްލާޙީ މަސައްކަތުގައި ހީވާގިކަމާއި ހިތްވަރުގަދަކަމާއިއެކީ އިސް ސަފުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ޕާޓީއަށް ވަފާތެރި، ފަޚުރުވެރި މެމްބަރެކެވެ.

އަލްމަރްހޫމް އާދަމް މޫސާގެ ފުރާނައަށް މާތް ﷲ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާކުރަމެވެ. އަދި އެ މަރްހޫމުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!