19ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މުޤައްރިރުންނާއި، ނައިބު މުޤައްރިރުން ޢައްޔަންކޮށްފިއެވެ.

ދާއިމީ ކޮމިޓީތަކުގައި އެކު ޖުމުލަވަނީ 176 ޖާގައެވެ. ޢާންމު އިންތިޚާބުގައި މޯލްޑީވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުކުރެވިފައިވާތީ، ދާއިމީ ކޮމިޓީތަކުގެ 132 ޖާގަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނަށް ލިބިވަޑައިގަންނަވައެވެ. އަދި ހުރިހާ ދާއިމީ ކޮމިޓީއެއްގެ އަޣްލަބިއްޔަތު ލިބެނީ އެމްޑީޕީއަށެވެ.

ކޮމިޓީތަކަށް މުޤައްރިރުންނާއި، ނައިބު މުޤައްރިރުން ޢައްޔަންކުރެވިފައިވާގޮތް ތިރީގައި ލިސްޓުކުރެވިފައި އެވަނީއެވެ.

1. ޢާންމު ކޮމިޓީ
މުޤައްރިރު: ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް (އެމްޑީޕީ)
ނައިބު މުޤައްރިރު: ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން (އެމްޑީޕީ)

2. ޕެޓިޝަން ކޮމިޓީ
މުޤައްރިރު: މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު (އެމްޑީޕީ)
ނައިބު މުޤައްރިރު: ތިނަދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޣްނީ (އެމްޑީޕީ)

3. އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީ
މުޤައްރިރު: ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއް ލަތީފް (އެމްޑީޕީ)
ނައިބު މުޤައްރިރު: ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް (އެމްޑީޕީ)

4. ޤަވާޢިދު ކޮމިޓީ
މުޤައްރިރު: ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު (އެމްޑީއޭ)
ނައިބު މުޤައްރިރު: މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު (އެމްޑީޕީ)

5. މާލިއްޔަތު ކޮމިޓީ
މުޤައްރިރު: ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް (އެމްޑީޕީ)
ނައިބު މުޤައްރިރު: ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް (ޖޭޕީ)

6. ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ
މުޤައްރިރު: މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް (އެމްޑީޕީ)
ނައިބު މުޤައްރިރު: ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު (އަމިއްލަ)

7. އިގްތިސޯދީ ކޮމިޓީ
މުޤައްރިރު: މާފަންނު އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސެއިން (އެމްޑީޕީ)
ނައިބު މުޤައްރިރު: މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (އެމްޑީޕީ)

8. އިޖުތިމާއީ ކޮމިޓީ
މުޤައްރިރު: ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ (އެމްޑީޕީ)
ނައިބު މުޤައްރިރު: މަޑަވެލި ދާއިރާގެ މެންބަރު ޙުސެއިން ފިރުޝާން (އެމްޑީޕީ)

9. ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ
މުޤައްރިރު: މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ)
ނައިބު މުޤައްރިރު: ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ (އެމްޑީޕީ)

10. މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
މުޤައްރިރު: އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (އެމްޑީޕީ)
ނައިބު މުޤައްރިރު: ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަޙްމަދު ނަސީމް (އެމްޑީޕީ)

11. ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ
މުޤައްރިރު: ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ (އެމްޑީޕީ)
ނައިބު މުޤައްރިރު: ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ)

12. ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ
މުޤައްރިރު: ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް (އެމްޑީޕީ)
ނައިބު މުޤައްރިރު: ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދ ލަތީފް (އަމިއްލަ)

13. ލާމަރުކަޒީ ކޮމިޓީ
މުޤައްރިރު: ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް (އެމްޑީޕީ)
ނައިބު މުޤައްރިރު: އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (އެމްޑީޕީ)

14. ޖުޑީޝިއަރީ ކޮމިޓީ
މުޤައްރިރު: މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އެމްޑީޕީ)
ނައިބު މުޤައްރިރު: ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް (އެމްޑީޕީ)

15. އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގ
މުޤައްރިރު: ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (އެމްޑީޕީ)
ނައިބު މުޤައްރިރު: މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް (އެމްޑީޕީ)

16. ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ
މުޤައްރިރު: ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު (އެމްޑީޕީ)
ނައިބު މުޤައްރިރު: ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދް (އެމްޑީޕީ)

17. ސްޓޭޓް އޯވންޑް އެންޓަރޕްރައިޒަސް ކޮމިޓީ
މުޤައްރިރު: ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް (އެމްޑީޕީ)
ނައިބު މުޤައްރިރު: ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދު ދީދީ (އެމްޑީޕީ)

ރައްޔިތުންގެ މަޖިލީހުގައި ޤާއިމުކޮށްފައިވަނީ 17 ދާއިމީ ކޮމިޓީއެވެ. އެއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލަށް ޤާއިމުކުރެވުނު ޖުޑީޝަރީ ކޮމިޓީ، ޤައުމީ ތަރިކައިގެ ކޮމިޓީ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ، ލާމަރުކަޒީ ކޮމިޓީ، ހިއުމަން ރައިޓްސް ކޮމިޓީ އަދި ސްޓޭޓް އޯވންޑް އެންޓަރޕްރައިޒަސް ކޮމިޓީ ހިމެނޭގޮތުންނެވެ.

އަލަށް ޤާއިމުކުރެވުނު ދާއިމީ ކޮމިޓީތަކުގެ އަމާޒަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތަކާއި، އެޖެންޑާ19ގެ ބަރުލަމާނީ ވަޢުދުތަކަށް ކަންފަހިކުރުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއި، ހިންގުން ޒަމާނީ ބަރުލަމާނީ ހަމަތަކުގެ މައްޗަށް ތަރުތީބުކޮށް، އެކަށީގެންވާގޮތެއްގައި ސަރުކާރު ޖަވާބުދާރީ ކުރުމެވެ.

މީގެއިތުރުން، ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މަސައްކަތުގެ ތެރެއަށް ޚާރިޖީ ގުޅުންތައް ވިލަރެސްކުރުން ހިމަނާ، އެކޮމިޓީގެ ނަންވަނީ ޤައުމީ ސަލާމަތާއި، ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ނަމަށް ބަދަލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީއިން ހުށަހެޅި ބަރުލަމާނީ ވަޢުދުތައް ބަހާލާފައިވަނީ އެޖެންޑާ19 ސުރުޚީގެ ދަށުން 5 ދާއިރާއަކަށެވެ. އެއީ 1. އިންސާފު، 2. އޯގާތެރި ސަރުކާރު، 3. ފަޚުރުވެރި ޢާއިލާ، 4. ޖަޒީރާ ދިރިއުޅުން އަދި 5. ނޫ އިޤްތިސާދެވެ.