އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ އަންހެނުންގެ އިންތިޤާލީ ހިންގާކޮމިޓީ އިންތިޚާބުކޮށްފި

17 އޮކްޓޯބަރ 2010

އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ ރައީސް އަދި އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހާމދު ޢަބްދުލް ޤަފޫރު ފަހަތުން ކަނާތްފަރާތުން ދެވަނައަށް .. ރޭ އިންތިޚާބުވި ހެންވޭރު ދެކުނު އިންތިޤާލީ އަންހެނުންގެ ކޮމިޓީއާއެކު  /ފޮޓޯ އަނދާ)
އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ ރައީސް އަދި އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހާމދު ޢަބްދުލް ޤަފޫރު ފަހަތުން ކަނާތްފަރާތުން ދެވަނައަށް .. ރޭ އިންތިޚާބުވި ހެންވޭރު ދެކުނު އިންތިޤާލީ އަންހެނުންގެ ކޮމިޓީއާއެކު /ފޮތޯ އަނދާ)

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހެންވޭރު ދެކުނު ދާއިރާހެ އިންތިޤާލީ ކޮމިޓީ އިންތިޚާބުކޮށްފިއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި މިއިންތިޚާބުގައި އިންތިޚާބު ކުރެވުނު އަންހެނުންގެ އިންތިޤާލީ ހިންގާ ކޮމިޓީގެ ރައީސާ އަކަށް 26 ވޯޓާއެކު ހޮވިފައިވަނީ ހ. ވެލިފޮތި މަރިޔަމް ޒުހުދާއެވެ. ނައިބުރައީސާއަކަށް ހޮވިވަޑައިގެންނެވި ހ.ބްރައިޓްޑޭ ޒުލްފާ އިބްރާހީމް އެވެ. ޚަޒާންދާރަކަށް ހޮވިވަޑައިގެންނެވީ ހ.މިލްކީވޭ އާގޭ މަރިޔަމް ނަދީހާއެވެ. މި ދެބޭފުޅުންނަށް ވެސް ލިބިވަޑައިގެންނެވީ 26 ވޯޓެވެ. 25 ވޯޓާއެކު ހ.ލާމިޔާ ފާތުމަތު ސައުދު ސެކްރެޓަރީ އަކަށް ހޮވިވަޑައިގެންނެވި އިރު 24 ވޯޓާއެކު އިންތިޒާމް ސެކްރެޓަރީ އަކަށް ހޮވިވަޑައިގެންފައިވަނީ ހ.ހަންޑްރެޑް ފްލާވަރ ޢައިޝަތު ނުހާ އެވެ.
މި އިންތިޚާބު ފެށުމުގެ ކުރިން އިންތިޚާބާ ބެހޭ މަޢުލޫމާތު ދެއްވަމުން އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޤަފޫރު ދެއްކެވި ވާހަކަފުޅުގައި ހެންވޭރު ދެކުނު ދާއިރާއަކީ އެމްޑީޕީގެ ނިސްބަތުން އެންމެ މެންބަރުން ގިނަ އެއް ދާއިރާ ކަމަށާއި، މިދާއިރާ މެންބަރުންގެ ގޮތުން އެންމެ މަތީ ފަންތީގައި ހިމެނޭ ދާއިރާތަކާ ވާދަކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް މިދާއިރާގައި ދިރުވުމަށް ވީހާވެސް ގިނަ ގޮފި އުފެއްދުމުގެ މުހިއްމުކަން ހާމިދު ފާހަގަކުރެއްވިއެވެ. އަދި މަޤާމްތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަށް ހާމިދު ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވިއެވެ.
އެމްޑީޕީ ހެންވޭރު ދެކުނު ދާއިރާގެ އަންހެނުންގެ އިންތިޤާލީ ހިންގާކޮމިޓީ އަށް ކުރިމަތިލުމުގެ ފުރުޞަތު އެމްޑީޕީގެ ނޫން މެންބަރުން ނޫން ފަރާތްތައް ވެސް ހިމެނޭ ގޮތަށް މުޅި ދާއިރާއަށް ހުޅުވާލި ކަމަށް ހާމިދު ވިދާޅުވިއެވެ. އަދި މިފުރުސަތުގެ ބޭނުން ބައެއް ފަރާތްތަކުން ހިފައި އިންތިޚާބަށް ކުރިމަތި ލުމަށްފަހު އެމްޑީޕީއާ ގުޅިފައިވާކަމަށް ހާމިދު ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ޤަވައިދު ބުނާގޮތުން އެމްޑީޕީގެ މެންބަރަކަށް ވެވޭނީ އެޕާޓީއަށް ވަނުމަށް އެދޭ ފޯމު ފުރައި އެޕާޓީގެ އޮފީހުގައި އޮންނަ ޕާޓީގެ ދަފްތަރުގައި އެބޭފުޅެއްގެ ނަން ހިމެނުމުންނެވެ.
މި އިންތިޚާބުގައި ރައީސާ އަކަށް ހޮވިވަޑައިގެންނެވި މަރިޔަމް ޒުހުދާ ވިދާޅުވީ މި މަޤާމަށް އިންތިޚާބުވުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި، އެމްޑީޕީގެ ފިކުރު ކުރިއަރުވައި ޕާޓީގެ ރޫޙް އެދާއިރާގައި ކުރި އެރުވުމަށް ކުރާ މަސައްކަތަށް މިކަމުގެ ސަބަބުން އިތުރު ހިއްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޤާލީ އަންހެނުންގެ ކޮމިޓޫތަކުގެ ރައީސުންނަށް މި އޮކްޓޯބަރު މަހުގެ 28 ން 30 އަށް ދަރުބާރުގޭގައި ބާއްވާ ކޮންގްރެސްގައި ބައިވެރި ވުމުގެ ފުރުސަތު އެޕާޓީން ވަނީ ހުޅުވާލާފައެވެ.