ރައްޔިތުންގެ މަޖިލިސް 2019 ގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރުމުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލިސް 2019 ގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރުމުގެ މުއްދަތުވަނީ 21 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހަށް އިތުރުކުރެވިފައެވެ. މިމުއްދަތު އިތުރު ކުރެވިފައިވަނީ ވަރަށް ގިނަ ކެންޑިޑޭޓުން މިވަގުތު ތިއްބެވީ ދާއިރާތަކުގައި ކަމަށްވުމުން ބޭނުންވާ މައުލޫމާތު ހޯދުމަށް ދަތިވުމާއިއެކު ކެންޑިޑޭޓުންނަށް މައުލޫމާތު ފުރިހަމަކުރެއްވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުންނެވެ.