އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ހަސަން ޝާހް ހަމަޖައްސައިފި

12 ޖެނުއަރީ 2010

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އާ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ސ. މަރަދޫފޭދޫ ބަގީޗާގޭ ހަސަން ޝާހް ހަމަޖެއްސުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
ވޭތުވެދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ހަސަން ޝާހް ގެންދަވަނީ އެމްޑީޕީގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމް ފުރުއްވަމުންނެވެ. ހަސަން ޝާހް މީގެ ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ހަސަން ޝާހް ހަމަޖެއްސީ ހޯމަ ދުވަހު އޮތް ގައުމީ މަޖިލީހުގެ 76 ވަނަ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާޤުންނެވެ.
އިއްޔެ ހަވީރު އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ބޭއްވި ގައުމީ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އެމްޑީޕީގެ 2010 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްވެސް ފާސްކުރިއެވެ.