އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ 2019 ގެ އިންތިޚާބު ބޭއްވުން

18 ޖެނުއަރީ 2019 ވީ ހުކުރު ދުވަހު އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ 2019 ގެ އިންތިޚާބު ވަނީ ބާއްވާފައެވެ. މިއިންތިޚާބުގެ ވޯޓުލުން ވަނީ 77 ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ. އިންތިޚާބު ބާއްވާފައިނުވަނީ އެންމެ ކެނޑިޑޭޓެއް ކުރިމަތިލާފައިވާތީ 10 ދާއިރާއެއްގައާ އެއްވެސް ފަރާތެއް ކުރިމަތިނުލުމުން ފ. ނިލަންދޫގައެވެ. ޕްރައިމަރީގެ އިންތިޚާބު ބޭއްވުނު 77 ދާއިރާއަށް ވޯޓު ލެވޭ 78،738 ޕާޓީގެ މެމްބަރުން ތިބިއިރު، %62 މެމްބަރުން ވަނީ ވޯޓުލާފައެވެ. މިއިންތިޚާބުގައި ވަނީ 279 ކެނޑިޑޭޓުން ވާދަކޮށް، 269 ވޯޓު ފޮށިބަހައްޓާފައެވެ. ކެނޑިޑޭޓުންގެ ފަރާތުން 1000 އަށްވުރެ ގިނަ އޮބްޒަރވަރުންނާ ވޯޓުލާ މަރުކަޒުތަކުގައި 600 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވެފައިވެއެވެ. މިއިންތިޚާބުގައި ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ވޯޓުލާން ނުކުމެފައިވާތީ، ޑިމޮކްރެޓިކް ހަރަކާތްތަކުގައި ބައިވެރިވުމަށް އެމްޑީޕީގެ މެމްބަރުންގެ ޝައުގުވެރިކަމާ، އިންތިޚާބުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމާ ޑިމޮކްރަސީގެ ރީތި މިސާލެއް މުޅި ރާޢްޖޭގައި ދައްކައިދީފައިވާ ކަމަށް ޕާޓީން ފާހަގަކުރެއެވެ.