ތިނަދޫ ދެކުނު ދާއިރާގެ ތިނަދޫ ފޮށި ގުނުމަށް އެމްޑީޕީ އިންތިޚާބު ކޮމިޓީގެ ބޭފުޅުން ފުރައިވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީ ވީ ހުކުރުދުވަހު ބޭއްވި ޕްރައިމަރީއާ ގުޅިގެން، ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލެއްވި ދެ ކެންޑިޑޭޓުންގެ ދެމެދުގެ ފަރަޤަކީ 2 ވޯޓުގެ ތަފާތެއްކަމުގައިވާތީ، ކެންޑިޑޭޓުން ނުވަތަ މަންދޫބުންގެ ހާޟިރުގައި ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނުމަށް އެމްޑީޕީގެ އިންތިޚާބު ކޮމިޓީން އާދިއްތަ ދުވަހު ނިންމާފައިވެއެވެ.
މިގޮތުން، ތިނަދޫ ދެކުނު ދާއިރާގެ ތިނަދޫ ފޮށި، ގުނުމަށްޓަކައި، އެމްޑީޕީ އިންތިޚާބު ކޮމިޓީގެ މުޤައްރިރު އަލްފާޟިލް މުޙައްމަދު އިބްރާހީމް މަނިކާއި، ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރު އަލްފާޟިލް ފުރަހަނި ޝަޢައިބު ޢަލީ، މިއަދުގެ ވަގުތެއްގައި ގދ. ތިނަދޫއަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.