ނޫސްބަޔާން

2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބާގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާ ބެލުމަށް އެކުލަވާލި ކޮމިޓީއަށް، ނ.ކެނދިކުޅުދޫން ހުށަހެޅުނު މައްސަލައަކާ ގުޅިގެން ދަންނަވެމެވެ.

މި ހިނގާ ޑިސެމްބަރު މަހު، އެމްޑީޕީއަށް ވަނުމަށް ނ.ކެނދިކުޅުދޫ 9 މީހެއްގެ ފޯމުލާފައި އޮތީ، އެމީހުންނަށް ނޭނގިކަމުގައި ބުނާތީ، މި ކޮމިޓީން ބެލިބެލުމުން އެ ވާހަކައަކީ ޞައްޙަ ވާހަކައެއްކަމުގައި ކަށަވަރުކުރެވުނެވެ. ވީމާ މި ކޮމިޓީން ނިންމީ އެ 9 މީހުން، މަޖިލިސް ޕްރައިމަރީގެ ވޯޓު ލިސްޓުން އުނިކުރުމަށެވެ.

މިކަން ހިނގައިދިޔަ ގޮތެއް ބެލުމަށްފަހު އެކަމުގައި މި ކޮމެޓީއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން

18 ޑިސެމްބަރ 2018