އެމް.ޑީ.ޕީގެ ދާއިރާ މަޖިލިސްތައް މިއަދާއި މިރޭވެސް ކުރިއަށް ގެންގޮއްސި

އެމް.ޑީ.ޕީގެ ދާއިރާ މަޖިލިސްތައް މިރޭވެސް ކުރިއަށް ގެންގޮސްފިއެވެ. މިއަދާއި މިރޭ ބޭއްވުނު ދާއިރާ މަޖިލިސްތަކަކީ ކާށިދޫ ދާއިރާ ، ބިލެއްދޫ ދާއިރާ ، އިސްދޫ ދާއިރާ، އިހަވަންދޫ ދާއިރާ ، ހިންނަވަރު ދާއިރާ، މަޑަވެލި ދާއިރާ ، މެދު ހެންވެއިރު ދާއިރާ އަދި އައްޑޫ މީދޫ ދާއިރާގައެވެ. ދާއިރާ މަޖިލިސްތަކުގައި މަޝްވަރާކުރެވުނީ ކުރިއަށްއޮތް ރިޔާސީ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތްތަކާއި، މެނިފެސްޓޯގައި ހިމެނޭ ބައިތަކާއި އަދި މިމަހު ބާއްވަން ހަމަޖެހިފައިވާ ކޮންގްރެސް އާއި ގުޅޭގޮތުންނެވެ..