މަސްވެރިންނަށް މަކަރާއިިހީލަތް ހަދާ ކުރިމަތި ކުރުވާފައިވާ ހުރަސްތައް ނައްތާލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލުން

ރާއްޖޭގެ މަސްވެރިންނަކީ އަހަރުގެ ގިނަދުވަސް ތަކުގައި ބުރަކޮށް މަސައްކަތް ކުރުމަށްފަހު ބަރަކާތްތެރިރަމަޟާންމަހު އާއިލާއާއިއެކު އަޅުކަންކުރުމުގައި ގިނަވަގުތު ހޭދަކުރެވޭތޯ ދުރާލާތައްޔާރު ވަމުން އަންނަ ބައެކެވެ. މަސްވެރިކަމުން ހޯދައިފައިވާ ނަފާއަކުން ރޯދަމަހުގެ އެންމެހާ މުހުތާދުތައް ފުއްދަމުން އަންނަ އާއިލާ ތަކެކެވެ.

ފަރެސް މާތޮޑާގެ އާބާދީއަކީ 1887 ކަމަށްވާއިރު އެއާބާދީގެ 360 މީހުންނަކީ އެރަށުގައި މަސްވެރިކަންކުރާ 12 ދޯނީގައި މަހަށްނުކުންނަ މަސްވެރިންނެވެ. އަދި މަސްވެރިކަމުން ލިބޭ ނަފާއަކުން އެންމެހާ މުހުތާދުތަށް ފުއްދަމުންދާ މަސްވެރިކަމަށް ބަރޯސާވެފައިވާ އާއިލާތަކެކެވެ.

ފަރެސްމާތޮޑާ ރައްޔިތުން އެރަށުގައި 10ޓަނުގެ އައިސް ޕްލާންޓެއް ހިންގަމުންދަނިކޮށް ސަރުކާރު މެދުވެރިވެގެން ރައްޔިތުންނަށް އެއަށްވުރެ ރަނގަޅުގޮތް ހައްދަވައި ދެއްވާނެކަމުގެ އަނދުން އަޅުވައިގެން އައިސްޕްލާންޓް މިފްކޯ އާ ހަވާލުކޮށް 25 ޓަނުގެ އިތުރު ޕްލާންޓެއް މިފްކޯ އިން ބެހެއްޓުމަށްފަހު އައިސްވިއްކަމުން ގޮސް، ޕްލާންޓް ހަލާކުވުމުން މަރާމާތުކޮށްގެން ވަރަށް އަވަހަށް ހުޅުވާނެކަމަށް ބުނެ އެތައްދުވަހެއްވާންދެން ހިދުމަތްނުދީ ބަންދުކޮށްފައި ބެހެއްޓުމައްފަހު އަލުން ހުޅުވާ، ހަފްތާއެއްހާ ދުވަހު އައިސް ދޫކުރުމަށްފަހު އަނެއްކާވެސްވަނީ ބަންދުކޮށްފައެވެ. އެންމެފަހު އެތަނުން އައިސް ދޫކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު އެތަން ހަލާކުވެފައި ހުންނަތާ މިއަހަރުން ވީދުވަހު ވީއެވެ. މިހާރު ބުނަމުން އަންނަނީ އަންނަ މޭމަހު 15 ގައި މުލަ ރޯދަދުވަހު ހުޅުވާނެކަމަށެވެ. ރޯދަމަހަކީ އަޅުކަމުގެ ހާއްސަ މައްސަރަކަށް ވުމާއި ގިނަ މަސްވެރިން މަހަށް ނުގޮސް ރަށުގައި ތިބޭ ވަގުތު އައިސް ދޫކުރާނެ ކަމަށް ބުނުމަކީ އިތުރު ވަގުތު ހޯދުމުގެ ގޮތުން އޮޅުވާލި އޮޅުވާލުމެއްކަމުގައި ދެކެމެވެ.

ފަރެސްމާތޮޑާ ރައްޔިތުން އައިސް ހޯދަން ގދ ތިނަދޫއަށް ނުވަތަ ގައްދޫ، ފިޔޯރީ އަށް ގޮސް އައިސް އަޅާގއ. އަތޮޅުން އެންދަމައިގެން އައްޑޫ، ފުވައްމުލަކު ހިމެނޭ ސަރަހައްދުން މަސްބާނައިގެން ކޫއްޑޫ އަށް މަސްކިރުވަން ޖެހޭއިރު އައިސް ޕްލާންޓުން ހިދުމަތް ނުލިބި ތެލާއިވަގުތު ހޭދަކޮށް އިތުރު ތަކުލީފުތައް އުފުލަންޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

ގާނޫނު އަސާސީގައި ދައުލަތް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް ރަށު ރައްޔިތުން އިންތިހާބު ކޮއްފައިވާ ކައުންސިލް ތަކަށް މަސްވެރިކަމުގެވިޔަފާރި ލާމަރުކަޒީ އުސޫލުން ހިންގުމާ ކައުންސިލްތަކަށް ވިޔަފާރި ތަރަށްގީ ކުރުމަށް ގާނޫނު އަސާސީން ލިބިދީފައިވާފުރުސަތު ހަނިކޮށް މަސްވެރިކަމުގެ މުޅި ސިނާއަތަށްސަރުކާރުން އަތްގަދަކުރުމައް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލަމެވެ. މީގެ އިތުރުން މަސްވެރިންނަށް ކުރިންލިބެމުން ދިއަ ތެލުގެ ސަބްސިޑީސް ނުދީ ތެޔޮ އަގު ބޮޑުކޮށް ބެެޔަސް ނުބެޔަސް ކޮންމެ މަސްވެރިޔަކަށް -/10000ރުފިޔާ ދޭނެ ކަމުގެ ވައުދާ އެކު އައި ސަރުކާރުގެ ދައުރުނިމިގެންދާއިރުވެސް އެވައުދު ފުއްދުމުގެ އެއްވެސް އިހުލާސްތެރި ނިޔަތެއް ނުފެންނަކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. މަސްވެރިންނަށް އޮޅުވާލައި މަސްވެރިން ބިކަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލާ ފަރެސްމާތޮޑާ އައިސް ޕްލާންޓުގެ ޚިދުމަތް ވަގުތުން ވަގުތަށް ފެއްޓެވުމަށާއި މަސްވެރިންނަށް އެމީހުން ކުރާ މަސައްކަތުގެ ހަމަ އަގު ހޯދައި ދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.