ޓްވިޓާ އެކައުންޓެއް ބޭނުންކޮށް މަރުގެ އިންޒާރު ދެމުން އަންނާތީވެ، އެކަން ތަޙްޤީޤްކޮށްދިނުމަށް އެދިއްޖެ

ޓްވިޓަރ އެކައުންޓެއް ކަމުގައިވާ @youthsinlkއިން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މިޕާޓީގެ ސްޕޯކްސްޕަރސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީއަށާއި އަދި މިބޭފުޅުންގެ އިތުރުން އެއެކައުންޓުން އެހެން މީސްމީހުންނަށްވެސް އަންނަނީ މަރުގެ އިންޒާރު ދެމުންނެވެ.

އެހެންކަމުން އެކަން ތަޙްޤީޤްކޮށް، އެ އެކައުންޓު ބޭނުންކުރަމުންގެންދާ ފަރާތް ހޯދައި އެއީ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ބުދަ ދުވަހުގެރޭ ހުށަހަޅައިފިއެވެ.