ޕާލިމަންޓަރީ ގްރޫޕް

ޕާލިމެންޓަރީ ގްރޫޕްގައި ހިމެނޭނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. ޕާލިމެންޓަރީ ގްރޫޕްގެ މަސްއޫލިއްޔަތަކީ ރައްޔިތުންގެ މަޖިލީހުގައި ޕާޓީގެ ޚިޔާލު ފާޅުކުރުމާއި ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތަށް ތަބާވުމަށް ބާރުއެޅުވުމެވެ. އަދި ޕާޓީގެ ސިޔާސަތު ރައްޔިތުންގެ މަޖިލީހުގައި ދިފާއުކުރުމެވެ.