ހައްޤުތައް ރައްކާތެރިކުރުން

ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމުގައިވާހިނދު، ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް

އެމްޑީޕީގެ ސިޔާސަތުތައް ބައްޓަންވެފައިވަނީ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ދިވެހި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލް އަޤްވާމީ މުއާހަދާތަކުން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ކުރިއަރުވާ ރައްކާތެރިކޮށް، އިންސާނީ ކަރާމަތާ ނަފްސުގެ މިނިވަންކަން ރައްކާތެރިކޮށްދީ، ރައްޔިތުން ބާރުވެރިކުރުމުގެ މައްޗަށެވެ. މީގެ ތެރޭގައި އަންނަނިވި ހައްޤުތައް ހިމެނެއެވެ.

• ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން
• އެއްވެ އުޅުމުގެ މިނިވަންކަން
• ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން
• މީޑިއާއާ ނޫސްވެރިކަމުގެ މިނިވަންކަން
• އަނިޔާ އިން ރައްކާތެރިވެގެންވުން
• ކުޑަކުދިންނާ ދުވަސްވީ މީހުންގެ ހައްޤުތައް
• ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްޤުތައް
• ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް
• މަސައްކަތްތެރިންގެ ހައްޤުތައް
• އަދުލު އިންސާފުގެ ހަމަހަމަކަން ކަށަވަރުވެގެންވުން