ފައްޔާޒް އިސްމާއިލް

ޗެއަރޕާސަން

ފައްޔާޟް އިސްމާއިލް މަތީ ތައުލީމް ހާސިލްކުރައްވާފައިވަނީ ޤާނޫނީ ރޮގުންނެވެ. ފައްޔާޟް ވަނީ 17 ނޮވެމްބަރ 2018 އިން 17 ނޮވެމްބަރ 2023 އަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ކަން ކުރައްވާފައެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލިސްގައި ހައްދުންމަތީ ގަމު ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވެއެވެ. 18 އަހަރަށްވުރެ ގިނަދުވަހު ޤާނޫނީ ވަކިލެއްގެގޮތުން ތަޖުރިބާ ލިބިލައްވާފައިވާ އިރު އިކުއިޓަސް ލީގަލް ކޮންސަލްޓަންޓް ގެ ނަމުގައި ލޯފާމެއް އުފެއްދުމުގެ ކުރިން މަސައްކަތް ކުރައްވާފައިވަނީ ޝާހް ހުސައިން އެންޑް ކޯ ބެރިސްޓަރސް އެންޑް އެޓާނީސްގައެވެ.