ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރީރަޖިސްޓަރީވުމުގެ ޕްރޮގްރާމެއް އެމްޑީޕީން ފަށާފިއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ މި ރިރަޖިސްޓަރީވުމުގެ ޕްރޮގްރާމަގައި މި ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.