ނޫސް ބަޔާން

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި މި ސަރުކާރާއި އިދިކޮޅު ހުރިހާ ފަރާތްތަކެއް ގުޅިގެން އުފެއްދި ކޯލިޝަނުން ދައްކުވައިދެނީ އެމްޑީޕީ އާއި ރައީސް މުހައްމަދު ނަޝީދު އިސްލާހާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ކުރަމުންދާ ބުރަ މަސައްކަތުގެ ސިލްސިލާއަށް އިތުރު ބޮޅެށް އަނެށްކާވެސް އިތުރުވެ، ރައީސް ނަޝީދު ރާއްޖޭގެ ރައްޔިތުންނަށްޓަކައި ކުރަމުންދާ މަސައްކަތެވެ. މިއަދު ފެނިގެން މިދަނީ މީގެ އަހަރުތަކެއް ކުރިންވެސް ރައީސް ނަޝީދު އިސްވެ ހުއްނަވާގެން ދިވެހި ޤައުމު އިސްލާހުކޮށް ދިވެހިންނަށް މިނިވަންކަށް ޤާނޫން އަކުށް ހޯދާދެއްވައް ފެއްޓެވި ބުރަ މަސައްކަތްތަކެވެ. އެހެންކަމުން ހެންވެއިރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރުން މިތިބީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ފަހަތުގައި މި ޤައުމު އިސްލާހްކޮށް މި އަނިޔާވެރިކަށް ނިންމުމަށް ތަށްޔާރަށްކަން ވެސް މިފުރުސަތުގައި ދަންނަވަމެވެ. މީގެ އިތުރުން ދެވެން ހުރި ހުރިހާ އެއްބާރުލުމެށް މި ކޯލިޝަނަށް ފުރިހަމައަށް ދެއްވާނެކަންވެސް ދައްނަވަމެވެ. މަނިކުފާންގެ ހިތްވަރަށްށާއި ރައްޔިތުންގެ ހައްޤުގައި ހުއްޓުމެށްނެތި ތިޔަކުރަށްވާ މަސައްކަތަށް ސާބަސް ރައްދުކުރަމެވެ. އަދި އެހެންމެ ޑޮކްޓަރ މުހައްމަދު ޖަމީލް އަހްމަދު މި ކޯލިޝްންގެ ރައީސަކަށް އިސްކުރެށްވުމުށް ދަށްކުވައިދެނީ މަނިކްފާން އަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފަހަތުގައިހުރެ މަސައްކަތްޕުޅު ކުރެވޭނެ ހިތްތިރި އަދި އެހެންމެ ޑިމޮކްރަސީއަށް ލޯބިކުރާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ރައީސް މުހައްމަދު ޖަމީލް އަހުމަދަށް ހެންވެއިރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރުން ނަމުގަޔާ އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ހޫނު މަރުޙަބާ އެށް ދަންނަވަމެވެ. މި އުފެދިގެންދިޔަ ކޯލިޝަނާއި ހިޔަނި ކެބިނެޓުގެ އެއްމެ މެމްބަރުންނަށް މަރުހަބާ ދަންނަވަމެ ތިޔަ ފެއްޓެވި ޤައުމީ ބުރަ މަސައްކަތުގައި ބަރަކާތްލައްވާ ހެޔޮގޮތް މެދުވެރިކުރައްވާނެ ކަމަށް އުއްމީދު ކުރަމެވެ.

ޝުކުރިއްޔާ

ހުސެއިން ޝަހީމް
އެމްޑީޕީ ހެންވެއިރު ދެކުނު ދާއިރާ ރައީސް