އެމް.ޑީ.ޕީން ފުލުސް އޮފީހަށް ސިޓީއެއް ފޮނުވަިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެކި ފަހަރުމަތިން ހުށަހަޅާފައިވާ މައްސަލަތަކުގެ ތަޙްޤީޤުތައް ގޮސްފައިވާ ހިސާބެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ސިޓީއެއް އެމް.ޑީ.ޕީން ފޮނުވައިފިއެވެ.

އެމް.ޑީ.ޕީން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފަށް ފޮނުވި ސިޓީގައި އެދިފައިވަނީ އެކި ފަހަރުމަތިން އެމް.ޑީ.ޕީން ހުށަހަޅާފައިވާ އެކި މައްސަލަތަކުގެ ތަހުޤީގް ހިނގާގޮސްފައިވާ ހިސާބު ހޯދުމަށް ސިޓީ ފޮނުވިފައިވާނެކަމަށެވެ. އޭގެތެރޭގައި އެމް.ޑީ.ޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޖަލުން ގޭބަންދަށް ބަދަލުކުރިކަމަށްބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ފޮނުވާފައިވާ ސިޓީގެ މައްސަލަ ހިމެނެއެވެ.