އެމް.ޑީ.ޕީގެ ޗެއަރޕާރސަންގެ ނައިބު އަލީ ޝިޔާމް އައި.ޑީ.ޔޫ އެކްޒެކުޓިވް އެންޑް ސްޓޭންޑިންގ ކޮމިޓީ އޮން ފޮރިން އެފެއާރސްގެ ދައުވަތަކަށް ސްރީލަންކާއަށް ފުރާވަޑައިގެންފި

CcCTZOKWIAAWIj3

CcCTZOQXIAArpC0

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޗެއާރޕާރސަންގެ ނައިބު އަލީ ޝިޔާމް އިންޓަރނޭޝަނަލް ޑިމޮކްރަޓް ޔޫނިއަން (އައި.ޑީ.ޔޫ) ގެ އެކްޒެކުޓިވް އެންޑް ސްޓޭންޑިންގ ކޮމިޓީ އޮން ފޮރިން އެފެއާރސްގެ ދައުވަތަކަށް ސްރީލަންކާއަށް ފުރަވަޑައިގެންފިއެވެ. މި ބައްދަލުވުމަށް އެމް.ޑީ.ޕީގެ ޗެއާރޕާރސަންގެ ނައިބު އަލީ ޝިޔާމް ފުރާވަޑައިގަތީ އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ. މި ބައްދަލުވުމުގައި އަލީ ޝިޔާމްގެ އިތުރުން ބައިވެރިވެވަޑައިގަންނަވާނީ މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމް.ޑީ.ޕީގެ ކުރީގެ ޗެއާރޕާރސަން މާރިޔާ އަޙްމަދު ދީދީ ، އެމް.ޑީ.ޕީގެ ބައިނަލްއަޤްވާމީ ތަރުޖަމާން ޙާމިދު އަބްދު ޣަފޫރު އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއިބެހޭ ކޮމިޓީގެ މެމްބަރު އުމަރު ޢަބްދުލް ރައްޒާގެވެ. އައި.ޑީ.ޔޫ އެކްޒެކުޓިވް އެންޑް ސްޓޭންޑިންގ ކޮމިޓީ އޮން ފޮރިން އެފެއާރސްގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ވަނީ މިއަދު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބާއްވާފައެވެ.