މާތްﷲ ގެ ހަޒްރަތަށް ދުއާ ކުރުމީ އަދަބު ލިބެންވާނެ ކަމެއް ނޫން

12246656_1031005216966526_161996502681960030_n

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލިސްގެ މެމްބަރު (އިނގުރައިދޫ ދާއިރާގެ ރައީސް) ހަސަން އަހްމަދު އިއްޔެގެ ވަގުތެއްގައި ހައްޔަރު ކުރި ކުރުން ކުއްވެރިކުރަމުން ޝެއިހް ހުސެއިން ރަޝީދު ވިދާޅުވީ މާތްﷲ އަށް ދުއާކޮށް ދެންނެވުމުން ހައްޔަރު ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ދުއާކުރުމާއި ގުޅޭގޮތުން ސާރކިއުލާއެއް ނެރުމަކީ ކަންބޮޑުވަކަމެއް ކަމަށާއި މިގޮތަށް ސަރުކާރުގެ އަމަލުތަށް ގޮސްފައިވާތީ 27 ނޮވެމްބަރުގެ އިހްތިޖާޖުގައި ވީހާވެސް ގިނަ ދިވެހި ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އެދިލެއްވިއެވެ. އަދި 27 ނޮވެމްބަރުގައި ކުރެވޭ މުޒާހަރާގައި ގިނަގިނައިން ދުއާކުރުމަށް އިގުރައިދޫ ދާއިރާގެ ރައީސް އަދި ޝެއިހް ހުސެއިން ރަޝީދު އެދިލެއްވިއެވެ.