މަޖިލިހުގައި ބިރުދެއްކިކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އެދި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފަށް އެމް.ޑީ.ޕީން ސިޓީއެއް ފޮނުވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން މިއަދު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފަށް ފޮނުވި ދިޓީގައި އެދިފައިވަނީ ދިވެހި ރާއްޖޭގެ ރައްޔިތުނގެ މަޖިލިސް ކުރާގޭގައި މަޖިލިހުގެ އިއްޒަތްތެރި މެމްބަރަކު އެހެނ މެމްބަރުންތަކަކަށް ބިރުދެއްކި ކަމަށްބުނާ މައްސަލައެއް ބަލައިދިނުމަށްއެދިއެވެ.

މި ހިނގާ ނޮވެމްބަރ 16، 2015 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަލްފާޟިލް މުޙައްމަދު މުޞްޠަފާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 58 މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދ. އަތޮޅު މީދޫ ދާއިރާގެ މެމްބަރު އަދި އެމް.ޑީ.އޭ ގެ ލީޑަރު އަލްފާޟިލް އަޙްމަދު ސިޔާމް ބިރު ދެއްކެވިކަމަށް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ނެގޭ މުހިއްމު ވޯޓަކާ ގުޅިގެން އެ މަޖިލީހުގެ މެމްބަރުންނަށް އެއްވެސް ސިފައެއްގައި ބިރުދެއްކުމަކީ އެ މެމްބަރުންގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކުރައްވާފައިވާ ކަމަކަށްވާތީ މި މައްސަލަ ބަލައިދިނުމަށް އެމް.ޑީ.ޕީގެ ސިޓިގައިވެއެވެ.