ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛު ޙަސަން ލަޠީފަށް އެއް މަސްދުވަހުގެ މުއްދަތަށް އެމަނިކުފާނާއި ބައްދަލު ނުކުރެވޭ މައްސަލަ އެޗް.އާރު.ސީ.އެމަށް

PressreleasePicBig

26 އޮކްޓޯބަރ 2015 ގައި ހޯމް މިނިސްޓަރ އަލްފާޟިލް ޢުމަރު ނަސީރު ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛު ޙަސަން ލަޠީފަށް އެއް މަސްދުވަހުގެ މުއްދަތަށް ރައީސް މުޙައްމަދު ނަޝީދުއާއި ބަނދުގައި ތިބޭ އެހެންވެސް ފަރާތެއްގެ ވަކީލެއްގެ ހައިސިއްޔަތުންވެސް ބައްދަލުނުކުރެވޭނެ ކަމަށް އަންގާފައެވެ. މިހެން އަންގާފައިވާތީ މި މައްސލަ ހިއުމަން ރައިޓްސް ކޮމިޝަނަށް އެމް.ޑީ.ޕީން ބަލައިދިނުމަށް އެދި ހުށަހަޅައި ސިޓީއެއް ފޮނުވަައިފިއެވެ.

ކޮންމެ މީހަކުވެސް އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަކީ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމަށްވާއިރު އަދި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަކީވެސް ޤާނޫނުއަސާސީގެ ދަށުން ކޮންމެ ފަރާތަކަށްވެސް ލިބިދީފައިވާ ޙައްޤެކެވެ.