އެމް.ޑީ.ޕީން އެކްޓިންގ ޕޮލިސް ކޮމިޝަނަރ އާއި ބައްދަލުކުރުމަށް އެދެފި

0_1445772180areefsir_news

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން މޯލްޑިވްސް ޕްލިސް ސާރވިސް މިވަގުތު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ، ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފާއި ބައްދަލުކުރެއްވުމަށް އެދި ސިޓީއެއް މިއަދު ފޮނުވައިފިއެވެ.

އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސްގެ ރޭންކުގައި ހުންނަވަނިކޮށް، ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އަރީފް ޕްރޮމޯޓް ކުރުމަށް ފަހު، ފުލުހުންގެ އިދާރާ ހިންގުން އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީން ހަވާލު ކުރެއްވީ، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައިި ހުންނެވި ހުސައިން ވަހީދު ވަކި ކުރެއްވުމަށްފަހުއެވެ. ފުލުހުންގެ އިދާރާ ހިންގުން ހަވާލު ކުރުމުގެ ދުވަސްކޮޅެއް ކުރިން އަރީފަށް ވަނީ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމު ވެސް ދެއްވައިފަ އެވެ.