ތާއީދު ނެތި ވެރިކަމަށް ވަޑައިގަތީމާ ކުރިމަތިވާނެ ދަތިތައް މިހާރު ކުރިމަތިވަމުންމިދަނީ

CSJguVvUcAEZ5tI

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައްޗަށްގޯޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިއްޔެ ޤައުމާއި މުޙާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވަނީ ސަރުކަރުގައި ކަންކަން ހިނގާ ގޮތެއް ރައީސް ޔާމިން ހުދު އެމަނިކުފާނަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެފަދަ ބޭފުޅަކާ ދިވެހިރާއްޖޭގެ ވެރިކަން ހަވާލުކޮށްފައި ބަހައްޓަން އަޅުގަނޑުމެންނަކަށް ނުކެރޭނެކަމުގައެވެ.

ސަރުކާރުގެ މެޖޯރިޓީ މަޖިލިހިގައިވެސް އޮވެ މަގާމުތަކަށް މީހުން ހޮވުމަށްފަހު އެ ބޭފުޅުންނަށް ރައީސް ޔާމިން އިތުބާރު ނުކުރައްވާ މައްސަލައާއި މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ ރައީސް ޔާމިން އަބަދު ވެސް ވިދާޅުވަނީ ތިމަންނައަކީ ކޯޓުތަކާ މުއާމަލާތްކުރާ ބޭފުޅެއް ނޫންކަމުގަ އެކަމަކު މިއަދު ވިދާޅުވެއްޖެ ތިމަންނަ އެދުނީމޭ ކޯޓުތަކުގައި ރައީސް ނަޝީދުގެ މައްސަލަ އަވަސްކުރެވިގެން ދިޔައީ، މާރިޔާ ދީދީ ފާހަގަ ކުރެއްވި ގޮތުގައި ހަގީގަތް ގަބޫލުނުކުރައްވާ ސަރުކާރެއް، ރައީސެއް، ރައްޔިތުންގެ ތާއީދު ނެތި ވެރިކަމަށް ވަޑައިގަތީމާ ކުރިމަތިވާނެ ދަތިތައް މިހާރު ކުރިމަތިވަމުންދާ ކަންކަންކަުގައެވެ.