އިއުލާން

އަންހެނުންގެ ރޫހުގެ ގައުމީ ފެންވަރުގެ ހިންގާ ކޮމެޓީގެ ސެކްރެޓޭރިއަޓްއެއް އެކުލަވާލުމަށް ގަސްދުކޮށްފައިވާތީ ތިރީގައި މިވާ މަގާމުތަކުގައި ޕާޓީއަށް ޚިދުމަތްކުރުމަށް ޝައުގުވެރިކަން ހުރި ޕާޓީގެ މެމްބަރުން އެކަމަށް އެދި 22 އޮކްޓޫބަރ 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12.00 ގެ ކުރިން މި ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓް (ހ ޝަރާޝާ، 2 ވަނަ ފަންގިފިލާ) އަށް ސިޓީ ފޮނުއްވުން އެދެމެވެ. އެ މަގާމުތަކުގެ ތެރެއިން އުޖޫރައެއް ދިނުމަށް ނިންމާފައިވަނީ ހަމައެކަނި އެޑްމިން އަދި ފިނޭންސް އޮފިސަރަށެވެ.
1) އެޑްމިން އަދި ފިނޭންސް އޮފިސަރ
2) މެމްބަރޝިފް އޮފިސަރ
3) ލޮޖިސްޓިކްސް އޮފިސަރ
4) ކެންޕޭން އޮފިސަރ
5) ކޮމިއުނިކޭޝަންސް އޮފިސަރ
6) އާކައިވް އޮފިސަރ
7) ކޮމްޕްލެއިންޓްސް އޮފިސަރ
8) މީޑިޔާ އޮފިސަރ
9) އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮފިސަރ
10) ހިއުމަންރައިޓްސް އޮފިސަރ
11) ބިޒިނަސް އޮފިސަރ
12) ސްޕޯޓްސް އޮފިސަރ

ސިޓީއާއެކު ތިރީގައިވާ މައުލޫމާތު ހިމަނައި ސީވީވެސް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންހެނުންގެ ރޫހުގެ ސެކްރެޓޭރިއަޓުގެ މަސްއޫލިއްޔަތު އަދި ސީވީގައި ހިމަނަން ޖެހޭ މައުލޫމާތު ބެއްލެވުމަށް މި ލިންކަށް ފިތާލާ

އަންހެނުންގެ ރޫހުގެ ސެކްރެޓޭރިއަޓުގެ މަޤާމުތަކަށް އެދޭ ފަރާތްތަކުގެ ސީވީ ޑައުންލޯޑް ކުރެއްވުމަށް މި ލިންކަށް ފިއްތައްވާލައްވާ