އެމް.ޑީ.ޕީ 11ގެ ބްރީފިންގ

Snapshot 1 (9-19-2015 12-36 PM)

އެމްޑީޕީ 11ގެ ބްރީފިންގ ބެއްލެވުމަށް މިލިންކަށް ފިތާލާ

މިއަދުގެ 11ގެ ބްރީފިންގގައި އަލިއަޅުވާލެވުނު މުހިންމު ބައެއް ނުކުތާތަކަކީ

• އީދު ޗުއްޓީ ސަރުކާރުން ދެފަހަރެއްގެ މަތިން ބަދަލުކުރުމާއި ގުޅިގެން ގިނަ ރައްޔިތުންތަކަކަށް ލިބުނު ގެއްލުން

• އިސްރަށްވެހިންނަށް ރައީސް ޔާމިން އިތުރުފުޅު ހައްދަވާ 142 މީހުން ހައްޖަށް ގެންގިސްދޭނެ ކަމަށްބުނެ ނުގެންދިއުން

• ރައީސް ނަޝީދުގެ ޝަރީއަތުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުރިހާ މަގެއް ސަރުކާރުން ބަންދުކޮށް ކޯޓު ޑޮކިއުމެންޓްސް އަދިވެސް ހަވާލު ނުކުރުން

• ޕީޖީން ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ސަރުކާރު ބޭނުންވާ ނަތީޖާ ނެރުމަށް

• ރައީސް ނަޝީދުގެ އެމް.އާރު.އައި ސްކޭން ހެދުމަށް އަދިވެސް ހުއްދަދީފައި ނުވުން

• ޝެއިޙް އިމްރާން ޖަލުގައި ބޭއިންސާފުން ކުށަކާއި ނުލާ ކުއްސާބިތުވެ ޖަލު ހުމުމް ތަންފީޒް ކުރާ ގެއިދީންނާއިއެކު ބެހެއްޓުން ކުއްވެރިކުރުން

• އަޙްމަދު ނާޒިމްއަށް ޖަލުގައި އަނިޔާކުރި މައްސަލަ އާއިލާގެ ފަރާތުން އެޗް.އާރު.ސީއެމް އަށް ހުށަހެޅުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުން

• ކާނަލް ނާޒިމްގެ ސިއްހީ ހާލަތު ދަށަށް ދަމުންދާއިރުވެސް އާއިލާއިން އެދުނު މަންޒިލަށް ބޭސްފަރުވާ ކުރުމަށް ދިޔަނުދިނުން

• އަދގެ އިންސާނީ ހައްޤުތަކާއި ބެހޭ އެންމެ އިސްވެރިޔާގެ ފަރާތުން ޜައްޖޭގެ އިންސާނީ ހައްޤުތަކުގެ މައްސަލަ ފަހަގަކޮށް ނެރުނު ބަޔާން

• އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ރައީށް ނަޝީދުގެ ޤާނޫނީ ވަކީލުން ބައިވެރިވި އިރު ރާއްޖޭގެ ފޮރިން މިނިސްޓާރ ދުންޔާ މައުމޫން ބައިވެރިނުވުން

• ކުރިއަށް މި ހަފްތާގެ ހަތަކާތްތަކަށް ބަލާއިރު އައްޑޫ ސިޓީގައި ބޭއްވޭ ބޮޑު ޖަލްސާ ސެޕްޓެމްބަރ 25ގައި