އެމްޑީޕީގެ 11ގެ ބްރީފިންގް

MDP 11 ‘O’ CLOCK BRIEFING

vlcsnap-2015-08-23-07h43m27s310

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 11:00 ގައި ޕާޓީގެ ފަރާތުން ދެއްވާ ހަފްތާ ބްރިފިންގެއް ފަށައިފިއެވެ. މި ބްރިފިންގް ވީޑއޯގެ ޒަރީއާއިން އެމް.ޑީ.ޕީގެ ޔޫޓުބް އެކައުންޓްގައި ކޮންމެ އާދިއްތަ ދުވަހެއްގައި އަޕްލޯޑް ކުރެވިގެންދާނެއެވެ. މި ބްރިފިންގް ތަކުގައި ޙާއްސަ ގޮތެއްގައި އަލި އަޅުވާލެވިގެންދާނީ ފާއިތުވި ހަފްތާގައި ޕާޓީގެ ހަރަކާތްތައް ހިނގާދިޔަ ގޮތާއި އަދި ހިނގަމުންދާ ހަފްތާގައި ޕާޓީގެ ފަރާތުން ރޭވިފައިވާ ކަންކަމުގެ މަށްޗަށެވެ.

މިއަދުގެ 11ގެ ބްރިފިންގައި އަލި އަޅުވާލެވުނު މުހިންމު ނުކުތާތަކުގެ ތެރޭގައި މިދިޔަ ހަފްތާގެ ތެރޭގައި އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ފަރާތުން ބޭއްވުނު ޕެނަލް ޑިސްކަޝަން އާއި މީޑިއާ ކޮމިޓީގެ ބައްދަލުވުމަކާއި ޓްރާންސަޕޯޓާއި ބެހޭ ކޮމިޓީގެ ބައްދަލުވުމަށްވެސް ވަނީ އަލިއަޅުވާލެވިފައެވެ. އަދި ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމަޔަށް ވާ ހުރިހާ ދާއިރާތަކެއްގެ ބައްދަލުވުންވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހަރުގޭގައި ބޭއްވިފައެވެ.