ސަރުކާރާއި އެމްޑީޕީއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް އިނގިރޭސިވިލާތުން މަރުހަބާކިޔާ

silla_g_3

ރައީސް މުހައްމަދު ނަޝީދު ގޭ ބަންދަށް ބަދަލު ކުރުމާއި މިހާރު ސަރުކާރާއި އެމްޑީޕީއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް އިނގިރޭސިވިލާތުން މަރުހަބާކިޔާ ކަމަށް އެ ގައުމުގެ މިނިސްޓަރު އޮފް ސްޓޭޓް، ފޮރިން އެންޑް ކޮމަންވެލްތު އޮފީސް ހިއުގޯ ސްވަޔާ ވިދާޅުވެއްޖެއެވެ.

ސްވަޔަރ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި، ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މިއަދު ކުރި ސުވާލުތަކުގައި މެމްބަރު ކެރެން ލަމްލީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އަދި އިތުރަށް ވިދާޅުވީ ބޮޑު ވަޒީރު ޑޭވިޑް ކެމެރަން ވަނީ ރާއްޖޭގައި ތިބި ސިޔާސީ ހުރިހާ ކުށްވެރީން، އޭގެ ތެރޭގައި ރައީސް މުޙައްމަދު ނަޝީދު ހިމެނޭ ގޮތަށް މިނިވަންކުރަން ގޮވާލާފައިވާނޭ ކަމަށެވެ.

ސްވަޔަރ ވިދާޅުވީ އިނގިރޭސިވިލާތުން ކުރިން ވެސް ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގޮވާލާފައިވާނެ ކަމަށެވެ.

އަދި މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ސަބަބުން އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރި ނަމަވެސް ރާއްޖޭގެ ހާލަތާ މެދު އަދިވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވެސް އޭނާގެ ވަހަކަ ތަކުގައި ފާހަގަކުރެއްވި އެވެ.