އެމް.ޑީ.ޕީ އާއިއެކު ސަރުކާރުން ބޭއްވި 3ވަނަ މަޝްވަރާ ބައްދަލުވުން ރޭ ބާއްވައިފި

0_1436732718imaged6695da434ef5159c70828aebcb0d228dcb18f5039017d71a2f65bfc15483cfdv_news

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އާއި އެކު ސަރުކާރުން ކުރަމުންދާ މަޝްވަރާ ބައްދަލުވުންތަކުގެ 3ވަނަ ބައްދަލުވުން ރޭ ބާއްވައިފިއެވެ. އެމްޑީޕީއާއެކު ބޭއްވި ތިން ވަނަ މަޝްވަރާ ބައްދަލުވުމަށް ފަހު ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އުމަރު ވިދާޅުވީ، ކަމަކަށް އެއްބަސް ނުވެވުނަސް، ވާހަކަތައް ދިޔައީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މާރަނގަޅު މަޝްވަރާތައް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައިގަނޑު ގޮތެއްގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަ ދެއްކީ، މަޝްވަރާތައް ކުރިއަށް ގެންދާނެ މާހައުލެއް ގާއިމުކުރަން އެމްޑީޕީން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށެވެ. އެމްޑީޕީ އިން ދޫ ދިނުމަށް ސަރުކާރުން އެއްވެސް ކަމެއް ހުށައެއް ނާޅައެވެ. އެމްޑީޕީ އިން މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމުގައި ސަރުކާރަށް ހުށަހެޅި ހުރިހާ ކަމެއް ކުރުމަށް ވަކި ތާރީހެއް ކަނޑައެޅުމުގެ ވިސްނުމެއް މިހާރު ދެ ފަރާތުގައި ވެސް ނެތެވެ. އެފަދަ ގޮތަކަށް ތާރީހެއް ކަނޑައެޅުމަކީ ފިއްތުމެއް ކަމަށާއި މަޖުބޫރުން ކަމެއް ކުރުވުން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ފާހަގަ ކުރެއްވިއެވެ.

ރޭ މަޝްވަރާގައި އެމްޑީޕގެ ފަރާތުން ބައިވެރިވެވަޑައިގަތީ އިބޫ އާއި އެމްޑީޕީ ސެކްރެޓޭރިއަޓްގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން އެވެ. ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އެވެ.