އެމް.ޑީޕީ އަކީ ޕާޓީގެ މެމްބަރުން ހިންގާ ޕާޓީއެއް- އެމްޑީޕީގެ ޗެއާރޕާރސަންގެ ނައިބު އަލީ ނިޔާޒް

medium_57922

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާރޕާރސަންގެ ނައިބު ރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވީ އެމްޑީޕީގެ ހިންގުން އަނޑިއަޅައިގެން ނުދާނެ ކަމަށާއި ޕާޓީގެ ކަންކަމަށް ޕާޓީގެ މެމްބަރުން އެހީވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީ އަކީ އިލެކްޝަންސް ކޮމިޝަނުން ފައިސާގެ އެހީ ދިނުމުގެ ކުރިންވެސް ހިނގަމުން އައި ޕާޓީއެއްކަމަށެވެ.

ޤައުމީ ހަރަކާތުގެ ފަރާތުން މިހާރު ކުރިއަށްދާ ސުލްހަވެރި އިހްތިޖަޖުތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށްގެންދަ ތަކެތި ގިނަ ފަހަރު ފުލުހުންގެ އިހުމަލުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވަކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ސަރުކާރުގެ މުށުތެރެއަށް މިނިވަން މުވައްސަސާތައް މިވަނީ ގޮއްސަކަމަށާއި ސުލްހަވެރި އިހްތިޖާޖު ކުރުން ނޫން ގޮތެއް ދެން ނެތް ކަމަށެވެ.

އަދި 2018 ވަނަ އަހަރު ރައްޔިތުން މި ތަހައްމަލު ކުރަމުންދާ ވޭނުގެ ބަދަލު މި ސަރުކާރަށް އިންތިހާބަކުން ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.