ރާއްޖެގެ ލާމަރުކަޒީ އުސޫލުތައް މުގުރަލާ ސިޔާސީ ވެރިން ހައްޔަރުކޮށް ޤައުމު ހިންގަމުން މިދަނީ ގޭންގު އުސޫލުން

CHe08J6UAAAfDwC

އިސްރައްވެހިން (އުމުރުން ދުވަސްވީ މީހުން)ގެ ތެރެއިން ބަޔަކާއި މުޙާތަބުކޮށް ރައީސް ޔާމީން ދޮގު ހައްދަވާފައިވާތީ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވަމުން، އިންމްތިޔާޒް ފަހުމީ ވިދާޅުވީ ދިވެހި ދައުލަތް ހިންގަމުން ދަނީ ކްރިމިނަލް އޯގަނައިޒޭޝަނެއްގެ ސިފައިގާ ކަމަށް ގަބޫލްކުރަނީ ދިވެހިން އެކަނި ނޫން ކަމަށާއި، އެކަން މުޅި ދުނިޔެއިން ވެސް ގަބޫލްކުރާ ކަމަށެވެ. މިކަމާ ބައިނަލްއަގްވާމީ ދުނިޔެއިން ވެސް ކަންބޮޑުވުންތައް ތަކުރާރުކޮށް ފާޅުކުރަމުންދާ ކަމަށް އިންތި ވިދާޅުވިއެވެ.

ގައުމީ ހަރަކާތުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝިފާ ވިދާޅުވީ، ރައީސް އޮފީހުގެ ތެރެއިން ކައުންސިލަރުންނަށް ދެމުން އަންނަ މުސާރަ ކުޑަކުރުމަށް ނިންމަވަމުންދާ ކަމުގެ މައުލޫމާތު އެކަމަނާއަށް ލިބިވަޑައިގެންފައިވާ ކަމަށާއި، ލާމަރުކަޒީ ނިޒާމަކީ މުޅި ދުނިޔޭގައި ވެސް ތަރައްގީވުމަށްޓަކައި ކޮންމެހެން ބޭނުންވާ ނިޒާމެއް ކަމަށެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ބޭއްވުނު ޑިމޮކްރަޓިކް އިންތިހާބުގައި ވާދަކުރައްވަން ނިކުމެ ވަޑައިގެން، ރައްޔިތުންނާ މެދު ވިސްނަވާ ރައްޔިތުންނަށް ފައިދާހުރި ގިނަ ވައުދުތަކެއްވެ ވަޑައިގެންނެވީ ރައީސް ނަޝީދު ކަމަށާއި، އެމަނިކުފާން ދިވެހިރާއްޖެ އާއި އެންމެހާ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށްދެއްވާ ދިވެހި ރާއްޖެއަށް އިގްތިސާދީ ކުރިއެރުންތައް ވެސް ގެންނެވީ ރައީސް ނަޝީދު ކަމަށް އާޒިމް ވިދާޅުވިއެވެ.

ރޭ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މިހާރުވެސް މުޒާހަރާތަކުގައި ވަރަށް ގިނަ ރައްޔިތުންތަކަކަށް އަނިޔާތައް ދީފައިވާ ކަމަށާއި، ނަމަވެސް އެއްވުންތަކަށް އެއްވާ މީހުންގެ އަދަދު ދައްވަމުން ނުދާތީ ދިވެހި ރައްޔިތުންނަކީ އަނިޔާވެރިކަމުގެ ކުރިމަތީގައި މަޑުން ތިބޭނޭ ބައެއް ނޫން ކަން ސަރުކާރަށް އެނގެން ޖެހޭ ކަމަށެވެ.