އެއާރޕޯޓްގައި ހައްޔަރު ކުރެވުނު އަންހެނުންގެ ރޫހުގެ މެމްބަރުންނާއި ޤައުމީ މަޖިލިހުގެ މެމްބަރު މަނިކުއަށް ހުކުމް އިއްވުން މިއަދު

FB_IMG_1432797321267

ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ސުލްހަވެރި ކަމާއިއެކު ރައީސް ނަޝީދުގެ ޕޯސްޓަރު ހިފައިގެން ހުރި މީހުންގެ މައްސަލައިގެ ހުކުމް އިއްވުން
މިއަދު (އާދިއްތަ) ކްރިމިނަލް ކޯޓުގައި އޮންނާނެއެވެ.

އެއްވެސް މީޑިއާއެއް އަދި އާންމު ރައްޔިތެއްވެސް ނުވައްދަ މިއަދު މެންދުރު 13:00ގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްގެންދެވެނެ ކަމަށްވެއެވެ.

ދައުވަ ލިބޭ ފަރަތްތަކުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ޓާރމިނަލް ތެރޭގައި ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާ މުޒާހަރާ ކޮށްފައި ވާތީ އާއި އެއާޕޯޓްގައި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރު ހިފައިގެން މުޒާހަރާ ކޮށްފައިވާތީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ 24 ވަނަ މާއްދާ އާއި 07 ވަނަ މާއްދާ އާއި ހަވާލާދީ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން މުޒާހަރާ ކުރި މީހުންގެ މައްޗަށް ދައުވާ ކުރާ ކަމަށެވެ.