އެމްޑީޕީގެ ސެކްރެޓަރީ ޖެމެރަލް އާއި ފުލުހުން ބައްދަލުކޮށްލުމަށް އެމަނިކުފާނު ގަދަކަމުން ހައްޔަރު ކުރި މައްސަލަ އެޗް.އާރު.ސީ.އެމަށް ހުށަހަޅައިފި

މިދިޔަ މަހުގެ 25 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރ، އެމަނިކުފާނުގެ އަނބިކަނބަލުން ޑޮކްޓަރަށް ދެއްކުމަށް އޭ.ޑީ.ކޭ ހޮސްޕިޓަލްގައި އިންނަވަނިކޮށް ފުލުހުން ވަނީ ގަދަކަމުން ފުލުހުންގެ ކާރަށް އަނަސް އަރުވައިގެން ފުލުހުންގެ އިދާރާއަށް ގެންގޮސްފައެވެ.
25 މެއި ވަނަ ދުވަހު ކޯޓު އަމުރަކާނުލައި މިފަދަ ގޮތަކަށް އަނަސް ހައްޔަރުކޮށްގެން ބައްދަލުކޮށްލަން ކަމަށްބުނެ ގެންދެވުމުން ޤާނޫނުއަސާސީގެ 45، 46 އަދި 48 ވަނަ މާއްދާއާ ޚިލާފަށް ފުލުހުން ދިވެހި ރއްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސެކްރެޓަރި ޖެނެރަލް އަނަސް ހައްޔަރުކޮށް އިންސާނީ ޙައްޤެއް ނިގުޅައިގަނެފައިވާ މައްސަލަ ބައްލައިދިނުމަށް އެދި ދިވެހި ރާއްޖޭގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމަޝަން އަށް މި މައްސަލަ ވަނީ އިއްޔެ ހުށަހަޅާފައެވެ.