މޭޑޭގެ އެއްވުމުގައި ބައިވެރިވުމަށް މިހާތަނަށް ރަށްރަށުން 7000 އަށް ވުރެ ގިނަ މީހުން މާލެ އަތުވެއްޖެ

Maafaru Boat

މޭޑޭގެ ހަރަކާތަށް ރަށްރަށުން ގާތްގަނޑަކަށް 7،000 މީހުން އައިސްފައިވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ބުނެފިއެވެ.

އެމްޑީޕީގެ މީޑިއާ ކޮމިޓީގެ ނައިބު މުގައްރިރު އާމިނަތު ޝައުނާ ވިދާޅުވީ މޭޑޭގެ ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން އައިސްފައިވާ ކަމަށާއި، މިހާތަނަށް 7،000 މީހުން އައިސްފައިވާއިރު އެއީ ހަމަ އެކަނި ނަންނޯޓުކޮށްގެން އައި މީހުންގެ އަދަދު ކަމަށެވެ. މީއިތުރުން ވެސް އެތައް ބަޔަކު އަމިއްލަ ގޮތުން މި ހަރަކާތުގައި ބައިވެރިވުމަށް މާލެ އައިސްފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

މި އެއްވުމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން އުޅަނދުފަހަރުތައް މާލެއަށް މިހާރު ވެސް ދަތުރުކުރަމުން ދާއިރު ކައިރި ރިސޯޓުތަކުން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ މިއަދުގެ އެއްވުމުގައި ބައިވެރިވުމަށް މާލެ އަންނަމުންކަން ފާހަގަކޮށްލެވެއެވެ.