ހޮޅުދޫ ދާއިރާ އާއި މާވަށު ދާއިރާއިން އެމްޑީޕީއާ ޕެޓިޝަން ފޯމު ހަވާލުކޮށްފި

IMG_8364

IMG_8366

ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަން ފޯމު ނ.ހޮޅުދޫ ދާއިރާ އާއި ލ.މާވަށު ދާއިރާއިން މިއަދު އެމްޑީޕީ އޮފީހާ ހަވާލުކޮށްފިއެވެ.
މިއަދު މެންދުރު އެމްޑީޕީ އޮފީހުގައި ވަކިންވަކިން ބޭއްވި ޕެޓިޝަން ފޯމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އޮފީހާ ހޮޅުދޫ ދާއިރާގެ ފޯމުތައް ހަވާލުކުރެއްވީ އެމްޑީޕީ ހޮޅުދޫ ދާއިރާގެ ރައީސް މުޙައްމަދު ޖަލީލެވެ. އެމްޑީޕީގެ ފަރާތުން މި ޕެޓިޝަން ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒެވެ.
މާވަށު ދާއިރާގެ ފަރާތުން ޕެޓިޝަން ފޯމު ހަވާލުކުރެއްވީ އެދާއިރާގެ އެމްޑީޕީ ރައީސް އިބްރާހީމް ފަލާޙް އެވެ. މި ފޯމުތަކާ އެމްޑީޕީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއަރޕާސަން ނައިބު (މާލީ) ޢަލީ ނިޔާޒެވެ.
މި ދެ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުން ވެސް މިހާރު ވަނީ ރައީސް ނަޝީދު މިނިވަންކޮށްދެއްވުން އެދި އެމްޑީޕީގެ އޮފީހާ ގިނަ އަދަދެއްގެ ޕެޓިޝަން ފޯމު ހަވާލުކޮށްފައެވެ. އަދި މާލެ އާއި އަތޮޅުތަކުގެ އެކިރަށްރަށުގައި ޕެޓިޝަން ފޯމު ފުރުމުގެ މަސައްކަތް ފޯރިއާ އެކު ކުރިޔަށްދާކަން ވެސް ފާހަގަކޮށްލެވެއެވެ.