އައަޑު އަތޮޅު ދާއިރާގެ ފަރާތުން ރައީސް ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން ނެރުނު ނޫސް ބަޔާން

ދިވެހިރާއްޖޭގެ އެންމެގިނަ ރައްޔިތުންގެ ލޯއްބާއި ތާޢީދު ލިބިގެންވާ އަދި އެބޭފުޅަކަށްޓަކައި ރާއްޖެ ފަޚުރުވެރިވާ ސިޔާސީ ލީޑަރ ދިވެހިރައްޔިތުންގެ ޕާރޓީގެެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުލަތުން އުފުލާފައިވާ ދަޢުވާ 16 ފެބްރުއަރީ 2015 ވަނަ ދުވަހު އަނބުރާ ގެންދިއުމަށްފަހު ހަމަ އެމައްސަލަ އެހެން ނަމެއްގައި ކުރިމިނަލްކޯޓަށް ވައްދާފައިވަނީ ސިޔާސީ މަޤޞަދެއް ޙާޝިލުކުރުމުގެ ބޭނުުމުގައި ކަމަށް އައްޑޫސިޓީ އެމްޑީޕީގެ ފަރާތުން ދެކެމެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަޙް މިފަދަ ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ރައީސް ނަޝީދު އެެއްވެސް އެންގެވުމަކާނުލައި ހައްޔަރުކޮށްގެން ގެންދިޔުމަކީ ސަރުކާރުން ސިޔާސީ މަޝްރަޙް ހަލަބޮލިކޮށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބޮޑެތި މައްސަލަތައް އުފައްދަނކުރި ކަމެއްކަމުގައިވެސް އައްޑޫސިޓީ އެމްޑީޕީ އިން ދެކެމެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފަށް މިައަދުގެ ސަރުކާރުން ތަކުރާރުކޮށް ހިންގަމުން ގެންދަވާ ޢަމަލުތައް އައްޑޫސީޓީ އެމްޑީޕީގެފަރާތުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އަދި ހަމަ އެހެންމ ރާއްޖޭގެ އެކި އެކި ސިޔާސީ ލީޑަރުންނާ އިދިކޮޅު ފަރާތްތައް ޤާނޫން އަސާސީ އާޚިލާފަށް ހައްޔަރުކޮށް ރާއްޖޭގެ އުފެދިފައި އޮތް ޑިމެކްރަޓިކް ވެށި ހަލާކު ކުރަމުންދާތީ މިސަރުކާރު އަޅުގެނޑުމެން ވަރަށްބޮޑަށް ކުށްވެރިކުރަމެވެ. އަދި މިސަރުކާރުން ހިންގަވަމުންގެންދާ މިފަދަ ޤާނޫން އަސާސީ އާ ޚިލާފު ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާ ހައްޔަރުކޮށްފައިވާ ރައީސް ނަޝީދު، ކާނަލް ނާޒިމް އަދި ހުރިހާ ސިޔާސީ ފަރާއްތައް ދޫކޮށްލުމަށް އައްޑޫ ސިޓީ އެމްޑީޕީ އިން ގޮވާލަމެވެ.
އައްޑޫސިޓީގެ ރައްޔިތުން އަބަދުވެސް ދެމިތިބޭނީ ޤާނޫން އަސާސީގެ ހީމާޔަތުގަކަމާއި އަދި ޤާނޫނާ ޚިލާފަށް ހިންގާ ކޮންމެ ކަމަކާއި ދެކޮޅަށް އައްޑޫ ސިޓީ އެމްޑީޕީ ރައްޔިތުން ނިކުމެ ޤާނޫން އަސާސީ ޙީމާޔައްކުރާނެ ކަމުގައިވެސް މިފުރުޝަތުގައި ދަންނަވަމެވެ. އަދި ރައީސް ނަޝީދަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ކުރަމުންދާ އަނިޔާ ވަގުތުން ވަގުތަށް ހުއްޓާލުމަށްވެސް އައްޑޫސިޓީ އެމްޑީޕީގެ ފަރާތުން ދަންނަވަމެވެ.
25 ފެބްރުއަރީ 2015

އަޙްމަދު އަދުހަމް
އައްޑޫސިޓީ އެމްޑީޕީގެ ރައީސް