ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކުރިޔަށް ދާ ރައީސް މުހައްމަދު ނަޝީދުގެ ޝަރީޢަތް ހިންގުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ފަނޑިޔާރުންގެ ބެންޗަކީ ޤާނޫނާއި ޚިލާފަށް އެކުލަވާލި ބެންޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމަނިކުފާނުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑު އެހުން މިއަދު ހަވީރަށް ތާވަލް ކޮށްފިއެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ ހުޅުމާލޭ ކޯޓުގެ މައްސަލަ ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހަޅުއްވާފައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއެއް ކަމަށްވާ “ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު” ދަށުން ކަމަށެވެ.