އެމްޑީޕީގެ ޙާއްޞަ ދެންނެވުން

25 ސެޕްޓެމްބަރ 2014 ވާ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީ ފޭދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ، އެރޭ ފޭދޫ ސްކޫލްގައި އިނާމް ދިނުމުގެ ޖަލްސާ އޮތުމުގެ ސަބަބުން، ގިނަ ފަރާތްތަކެއްގެ އެދުމާއިއެކު އެހެން ތާރީޚަކަށް ލަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ޕާޓީގެ ރައީސް 27 ސެޕްޓެމްބަ 2014 ވާ ހޮނިހިރު ދުވަހު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅު ނިމިވަޑައިގެން އެނބުރި ރާއްޖެ ވަޑައިގަތުމުން މިޖަލްސާ ބާއްވާނެ ތާރީޚެއް ހަމަޖައްސާ އާންމުކޮށް އަންގާނެ ވާހަކަ ދެންނެވީމެވެ.

23 ސެޕްޓެމްބަރު 2014