އެމް.ޑީ.ޕީގެ ނޫސްބަޔާނާ ގުޅިގެން ސަން އޮންލައިން ނޫހުގައި ކުރިން ލިޔުއްވާފައިވާ ސުރުޙީ މިހާރު ބަދަލުކުރައްވައި އިސްލާޙުކުރައްވާފައިވާތީ، އެކަން މި ޕާރޓީން ފާހަގަކޮށް އެނޫހަށް ޝުކުރު ދެންނެވުން

noosbayan

އިސްލާމިކް ސްޓޭޓް އޮފް އިރާޤު އެންޑް ސީރިއާ (އައިސިސް) ގެ ނަމުގައި ޙަރަކާތްތެރިވާ ހައްދުފަހަނާޅާފައިވާ ޖަމާޢަތުގެ ފިކުރާ ޙަރަކާތްތަކުގެ މައްސަލައާގުޅިގެން އިސްލާމިކް މިނިސްޓަރ ޝެއިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އަދި މި ސަރުކާރުން އިޚްލާޞްތެރިކަމެއް ނެތް، ދެފުއް ދެގޮތް ސިފަތަށް ދައްކަވަމުން ގެންދަވާތީ، އެކަމާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން 25 އޯގަސްޓް 2014 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއް ރިޕޯރޓުކުރެއްވުމުގައި، އެ ނޫސް ބަޔާނުގައި ބުނެފައިވާ ވާހަކަތަކުގެ މާނަ އޮޅޭގޮތަށާއި ފިތުނަ އުފެދިދާނެގޮތަކަށް ސަން އޮންލައިން ނޫހުގައި ކުރިން ލިޔުއްވާފައިވާ ސުރުޙީ މިހާރު ބަދަލުކުރައްވައި އިސްލާޙުކުރައްވާފައިވާތީ، އެކަން މި ޕާރޓީން ފާހަގަކޮށް އެނޫހަށް ޝުކުރު ދަންނަވަމެވެ.

އަދި ކުރިއަށް އޮތް ތާނގައި ވެސް ނޫސް ބަޔާންތަކުގައި ބުނެފައިވާ ވާހަކަތަކުގެ މާނަ ނުގެއްލޭނޭގޮތަށް ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމް ނެގެހެއްޓޭނެ އުސޫލުން މިނިވަންކަމާއެކު އެ މަތިވެރި މަސައްކަތް ކުރައްވަމުން ގެންދަވާނޭކަމަށް މި ޕާރޓީން އުއްމީދުކުރަމެވެ.

27 އޯގަސްޓް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް