އައްޑޫ ސިޓީ ފޭދޫ ކައުންސިލަރ ޢަބްދުﷲ އަސްވާން އަވަހާރަވި ހިތާމައިގައި އެމް.ޑީ.ޕީ އިން ބައިވެރިވުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީ ފޭދޫ ކައުންސިލަރ ޢަބްދުﷲ އަސްވާން ރޭގެ ފަތިހުގެ ވަގުތެއްގައި ކުއްލިގޮތަކަށް ހިތުގެ އާލާސްކަންފުޅެއްގައި އަވަހާރަވުމުގެ ހިތާމައިގައި މި ޕާރޓީން ބައިވެރިވަމެވެ.

ކައުންސިލަރ ޢަބްދުﷲ އަސްވާނަކީ އައްޑޫ ސިޓީއާއި މި ޕާރޓީގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ހީވާގި ބޭފުޅެކެވެ.

މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ޢަބްދުﷲ އަސްވާނުގެ އާއިލާއަށް ކެއްތެރިކަން ދެއްވައި، އެމަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދި މާތްﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.

8 ޖުލައި 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް