ނ. ކެނދިކުޅުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރުން

iulaan

ނ. ކެނދިކުޅުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން 16 އޯގަސްޓް 2014 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.
މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ޝަރުޠު ފުރިހަމަވާ މިޕާޓީގެ މެންބަރުން 6 ޖުލައި 2014 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މިކަމަށް އެދޭފޯމް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވަން ބޭނުންފުޅުވާ ފަރާތަތަކުން elections@mdp.org.mv އީމެއިލް ކުރެއްވުން އެދެމެވެ.
މިބައި އިލެކްޝަންސް ގައި މިޕާޓީގެ ނަމުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބެފުޅުން އެބޭފުޅުންގެ ކުށުގެ ރެކޯޑް ސާފުކުރެއްވުމަށާއި އިލެކްޝަންސް ކަމިޝަން އަށް ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެއްވުމަށްވެސް ދަންނަވަމެވެ.
މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައެޅުމަށް ކުރިމަތިލައްވާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ޕްރައިމަރީ އޮންނާނީ 8 ޖުލައި 2014 ވާ އަންގާރަ ދުވަހުއެވެ.

ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

2 ޖުލައި 2014