ޕޯސްޓަލް ވޯޓް އަދި ރަށްވެހިވެފައިވާރަށާއި މާލެފިޔަވާ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ދިރިއުޅޭ މެންބަރުން ވޯޓްލުމަށް ރަޖިސްޓަރީ ކުރުން

MDP/2014/038

އެމްޑީޕީ އިންތިޚާބް 2014 ޕޯސްޓަލް ވޯޓް އަދި ރަށްވެހިވެފައިވާރަށާއި މާލެފިޔަވާ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ދިރިއުޅޭ މެންބަރުން ވޯޓްލުމަށް ރަޖިސްޓަރީ ކުރުން

29 އޯގަސްޓް 2014 ވަނަ ދުވަހު ބާއްވާ މިޕާޓީގެ އެތެރޭގެ އިންތިޚާބުގައި ޕޯސްޓަލް ވޯޓް ލުމަށް ބޭނުންވާ ފަރާތްތަކާއި ރަށްވެހިވެފައިވާ ރަށާއި މާލެފިޔަވާ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ދިރިއުޅޭ މެންބަރުން ވޯޓްލުމަށް ރަޖިސްޓަރީ ކުރުމަށް ހުޅުވާލައިފީމެވެ.

މިކަމަށް އެދޭފޯމް މިޕާޓީގެ ވެބްސައިޓުން ލިބެންހުންނާއެވެ. ފޯމް ބަލައިގަންނާނީ 15 ޖުލައި 2014 ވަނަ ދުވަހުގެ 15:00 އަށް މިޕާޓީގެ ސެކްރެޓޭރިއަޓްގެ ގްރައުންޑްފްލޯރ އިންނެވެ. އަދި މިމުއްދަތުގައި elections@mdp.org.mv އަށް PDF ފޯމެޓްގައި އީމެއިލް ކުރައްވާ ފޯމްތަކާއި، 9776864 އަށް ވައިބަރ ކުރައްވާ ފޯމްތައްވެސް ބަލައިގަންނާނެވާހަކަދެންނެވީމެވެ.

14 ޖޫން 2014

ޕޯސްޓަލް ވޯޓް އަދި ރަށްވެހިވެފައިވާރަށާއި މާލެފިޔަވާ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ދިރިއުޅޭ މެންބަރުން ވޯޓްލުމަށް ރަޖިސްޓަރީ ކުރާ ފޯމް ޕީޑިއެފް ފޯމެޓަގއި