މަޖިލިސް އިންތިހާބު ކާމިއްޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓުންނަށް މަރުހަބާކިޔަން

noosbayan

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން ކާމިޔާބު ހޯއްދެވި އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންނަށް ވަރަށް ހޫނު މަރުހަބާއެއްކިޔަމެވެ. އަދި އިންތިހާބުން ނާކާމިޔާބީއާއި ކުރިމަތިވި ފަރާތްތަކުންވެސް ކުރެއްވި ބުރަ މަސައްކަތަށްޓަކައި ޝުކުރު އަދާކުރަމެވެ.
ނުފޫޒާއި ބިރުދެއްކުމާއި ރިޝްވަތާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ނިކުމެ ޕާޓީއަށް މަޖިލިސް އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް ކުރެއްވި ބުރަ މަސައްކަތް ޕާޓީން ނުހަނު އުފަލާއިއެކު ފާހަގަކުރަމެވެ. އަދި ޕާޓީގެ މެމްބަރުން މިހާރުވެސް ތިއްބެވިގޮތައް ސާބިތުކަމާއި އެކު ގައުމު ހަމަ މަގަށް އެޅުވުމުގައި ތިއްބަވާނެކަމުގައި ޔަގީން ކުރަމެވެ. އަދި މި އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް އެމްޑީޕީ އަށް ތާއީދުކުރައްވާ މަސައްކަތްކޮށްދެއްވި އެއްމެހާ ފަރާތްތަކަށް މި ޕާޓީގެ ފަރާތުން ޝުކުރު އަދާކުރަމެވެ.
އަދި މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި މިޕާޓީގެ މެމްބަރުންގެ ދެގޮތެއް ނުވާނެ ހިތްވަރާއި އެކު ގައުމު ފާލުން ނެއްޓުނަ ނުދީ ހިފަހަށްޓާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި ރާއްޖޭގެ ފަނޑިޔާރުގެތައް އިސްލާހުކުރުމަށް މިޕާޓީން ކުރަމުންގެންދާ މަސައްކަތުގައި ދެގޮތެއްނުވެ ސާބިތުކަމާއިއެކު ތިއްބަވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.
އަދި އެމްޑީޕީ އަބަދުވެސް ކުރިޔަށްދާނީ ޕާޓީގެ މެމްބަރުންނާއި ޕާޓީއަށް ތާއީދުކުރައްވާ ފަރާތްތަކުން ދައްކަވާ މަގުން ގައުމަށް އެއްމެ ފައިދާހުރި ގޮތުގައި ކަމުގައިވެސް ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް