އިޢުލާން: ކެޔޮދޫ ދާއިރާގެ ކެނޑިޑޭޓަކު ނަން އަނބުރާ ގެންދިއުން

MDP/2014/I-003
24 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލިސް އެމް.ޑީ.ޕީ ޕްރައިމަރީގައި ވ. ކެޔޮދޫ ދާއިރާއަށް ވާދަކުރުމަށް ކުރިމަތިލެއްވި 2 ކެނޑިޑޭޓުންގެ ތެރެއިން ކެނޑިޑޭޓް ނަމްބަރ 2 ޙުސެއިން އިރުފާން ޒަކީ، ގ. ހިލިހިލާގެ، މާލެ، އޭނާގެ ނަން އަނބުރާ ގެންދި އަކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. ހުސެއިން އިރުފާން ޒަކީ ގެ ނަން އަނބުރާ ގެންދިއުމުން މި ދާއިރާގައި ދެން ވާދަކުރައްވަނީ އެންމެ ކެނޑިޑޭޓެއް ކަމަށްވުމުން އެ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރ 1 ޙަސަން ނިޒާރު، ދަފްތަރު ނަމްބަރ 4224 އަށް ޕްރައިމަރީއަކާއި ނުލާ ވ.ކެޔޮދޫ ދާއިރާގެ ޓިކެޓް ލިބިފައިވާކަން އާއްމުކޮށް އަންގާ އިއުލާންކުރަމެވެ.
21 ޖެނުއަރީ 2014