މަޖްލިސް ޕްރައިމަރީގައި ވާދަ ކުރާ ކެނޑިޑޭޓުން އިޢުލާންކޮށްފި

24 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލިސް އެމް.ޑީ.ޕީ ޕްރައިމަރީގައި މާލެ ފިޔަވައި ދެންހުރި ދާއިރާތަކަށް ކުރިމަތިލި ފަރާތްތައް އިންތިޚާބާއިބެހޭ ކޮމިޓީއިން މިއަދު ޢާއްމުކޮށްފިއެވެ. މިއަދު ޢާއްމުކުރި 72 ދާއިރާއަށް ޖުމަލް 174 ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ. މީގެ ތެރެއިން 9 އަންހެން ކެނޑިޑޭޓުން ހިމެނޭއިރު 165 ފިރިހެން ކެނޑިޑޭޓުން މި ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވެއެވެ. މިއަދު އިޢުލާން ކުރި 72 ދާއިރާގެ ތެރެއިން 22 ދާއިރާއަކަށް އެންމެ ފަރާތެއް ކުރިމަތިލުމުން ކުރިއަށްއޮތް ރައްޔިތުން މަޖްލިސް އިންތިޚާބްގައި އެމް.ޑީ.ޕީ ޓިކެޓް ޕްރައިމަރީއަކާއިނުލާ އެ ދާއިރާއަށް ކުރިމަތިލެއްވި ފަރާތްތަކުންވަނީ ކަށަވަރުކުރައްވާފައެވެ. އެންމެ ފަރާތަކުން ކުރިމަތިލެއްވި ދާއިރާތަކަކީ : ހަނިމާދޫ

ދާއިރާ،ނޮޅިވަރަމްދާއިރާ،ކުޅުދުއްފުށިއުތުރުދާއިރާ،މިލަންދޫދާއިރާ،ކޮމަންޑޫދާއިރާ،ފުނަދޫދާއިރާ،ކެނދިކުޅުދޫދާއިރާ،ހޮޅުދޫދާއިރާ،އަލިފުށިދާއިރާ،އޭދަފުށީދާއިރާ،ހިންނަވަރުދާއިރާ،ކުރެންދޫދާއިރާ،ކާށިދޫދާއިރާ،ގުރައިދޫދާއިރާ،ދަނގެތިދާއިރާ،މުލައްދާއިރާ،ނިލަންދޫދާއިރާ،ގުރައިދޫދާއިރާ،ގައްދޫދާއިރާ،މަތިވެރިދާއިރާ، އަދި ތޮއްޑޫދާއިރާ އެވެ.

މިހާރު ރައްޔިތުން މަޖްލިސްގައި އެމް.ޑީ.ޕީ ތަމްސީލްކުރައްވާ ބޭފުޅުންގެ ތެރެއިން 3 ބޭފުޅަކު ޕްރައިމަރީގައި ވާދައެއް ނުކުރައްވައެވެ. އެއީ ހޯރަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ރަޝީދު އާއި، ކޮމަންޑޫ ދާއިރާގެ މެމްބަރ ޙުސެއިން ވަޙީދު އަދި ގައްދޫ ދާއިރާގެ މެމްބަރ ޒާހިރު އާދަމް އެވެ. މި ދާއިރާތަކުގެ ތެރެއިން އެންމެ ފަރާތެއް ކުރިމަތިލުމުގެ ސަބަބުން ކޮމަންޑޫ ދާއިރާގެ ޓިކެޓް އަޙުމަދު ނާޝިދު (އޭ.ޑީ.ކޭ ނާޝިދު) އަދި ގައްދޫ ދާއިރާއަށް ކުރިމަތިލެއްވި އިބްރާހިމް އަމީރު ވަނީ ޓިކެޓް ކަށަވަރުކުރައްވާފައެވެ. އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވަނީ ފޭދޫ ދާއިރާއަށެވެ. އެ ދާއިރާއަށް 9 ފަރާތަކުން ކުރިމަތިލައްވާފައެވެ.