ލޯކަލް ކައުންސިލް އިންތިޚާބްގައި ވޯޓްލުމަށް ރިރަޖިސްޓްރޭޝަންކުރަން އެހީތެރިވަނީ

18 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބްގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓްލުމަށް އިލެކްޝަން ކޮމިޝަން އިން މިހާރު ފުރުސަތު ހުޅުވާލާފައިވާތީ އެކަމަށް މަގުފަހިކުރުމުގެ ގޮތުން އެމް.ޑ.ޕީ ގެ މާލެ 3 ޖަގަހައަކުން މިއަދުންފެށިގެން އެކަމަށް އެހީތެރިވުމަށް ނިންމާފައިވާކަމަށް އެމް.ޑީ.ޕީ ގެ ސެކްރެޓޭރިއެޓް އިން މައުލޫމާތު ދީފިއެވެ. އެގޮތުން ރިރެޖިސްޓްރޭޝަންގެ ޚިދުމަތް ލިބޭނެ ޖަގަހަތަކަކީ:
• މާފަންނު ނިކަގަސްމަގުގައި ހުންނަ ޖަގަހަ
• އަލިކިލެފާނުމަގުގައި ހުންނަ ގަލޮޅު އުތުރު ޖަގަހަ
• ނ،ބ،ޅ ޖަގަހަ ( މަޖްލިސް ފަހަތު ގޯޅި)
• ލޮނުޒިޔާރަތްމަގުގައި ހުންނަ ސައުތް ޖަގަހަ
މި ޖަގަހަތައް އާއްމުކޮށް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން 6.00 އަށް އަދި ރޭގަނޑު 8.00 އިން 12 އަށް ކަމަށާއި ،މި ފުރުސަތުމިގޮތަށް އޮތް ނަމަވެސް ހުރިހާ ކެނޑިޑޭޓުން މިހާރުވެސް ރިރެޖިސްޓްރޭޝަން ކަންތައް ކުރިއަށް ގެންދާ އުސޫލުން ރި ރެޖިސްޓްރޭޝަންގެ ކަންތައް ކުރިއަށް ގެންދިއުމަށް ސެކްރެޓޭޓް އިން އެދި ލައްވައެވެ.
23 ޑިސެމްބަރ 2013