އިއުލާނު: ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލް ތަކަށް ކެނޑިޑޭޓުން ކަނޑައެޅުމަށް 30 ނޮވެމްބަރ 2013 (ހޮނިހިރު) ގައި ބާއްވާ ޕްރައިމަރީ

iulaan

MDP/2013/I-033

ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލް ތަކަށް ކެނޑިޑޭޓުން ކަނޑައެޅުމަށް 30 ނޮވެމްބަރ 2013 (ހޮނިހިރު) ގައި ބާއްވާ ޕްރައިމަރީ

ނޮވެމްބަރ 2013 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ރަށުކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި 12 ދާއިރާއެއްގެ ވޯޓުލުން ވަނީ ހަމަޖެހިފައެވެ.

1. ގދ. ފަރެސް މާތޮޑާ
2. ލ. ހިތަދޫ
3. ލ. ކުނަހަންދޫ
4. ޅ. ނައިފަރު
5. ހއ. އިހަވަންދޫ
6. ށ. ޅައިމަގު
7. މާލެ ސިޓީ
8. އައްޑޫ ސިޓީ
9. ފުވައްމުލައް
10. ހދ. ކުޅުދުއްފުށި
11. ހއ. ދިއްދޫ
12. ޅ. ކުރެންދޫ
13. ށ. ޅައިމަގު

މާލެ ދާއިރާ ވޯޓުލުން އޮންނާނީ މާލެ ސިޓީ ހޯލްގައެވެ. އަތޮޅުތަކުގެ ވޯޓުލުން އޮންނާނީ މަންދު ކޮލެޖްގައެވެ. ވޯޓުލުން ފެށޭނީ ހެނދުނު 9.00 ގައެވެ. ނިމޭ ގަޑިއަކީ ހަވީރު 4.00 ގައެވެ.

ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

29 ނޮވެމަބަރ 2013