އިއުލާނު: ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލް ތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިލެކްޝަނަށް ކުރިމަތިލުން

iulaan

MDP/2013/I-030

ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލް ތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިލެކްޝަނަށް ކުރިމަތިލުން

ރަށުކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކަށް މެންބަރުން ހޮވުމަށް 18 ޖެނުއަރީ 2014 ވަނަ ދުވަހު ބާއްވާ އިންތިޚާބަށް މިޕާޓީގެ ނަމުގައި ކުރިމަތިލުމަށް އެދޭ މެންބަރުން 28 ނޮވެމްބަރ 2013 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް މިޕާޓީގެ ސެކްރެޓޭރިއަޓް (ހ.ޝަރާޝާ، ސޯސަންމަގު، މާލެ) އަށް އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށައެޅުމަށް ދެންނެވީމެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ މައި ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.

ލޯކަލްކައުންސިލް އިންތިޚާބަށް މިޕާޓީގެޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީގަޑީގައި މިއޮފީހުންދޫކުރާނެއެވެ. އަދިމިފޯމު މި ޕާޓީގެ ރަސްމީ ވެބްސައިޓް www.mdp.org.mvއިން ޑައުންލޯޑްކުރެވޭނޭ ވާހަކަ ވެސް ދެންނެވީމެވެ.
18 ޖެނުއަރީ 2014 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް، ޝަރުތުހަމަވާ އެދާއިރާއަކަށް އިންތިޚާބު ކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ 30 ނޮވެމްބަރ 2013 ވާ ހޮނިހިރު ދުވަހު ބާއްވާ މިޕާޓީގެ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.

ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

20 ނޮވެމަބަރ 2013